އޭޕްރީލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގެ މަސައްކަތް ކުންފުނިތަކުން ފަށައިފި
ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވަޢުދެއްކަމަށާއި ފެނާއި ކަރަންޓުބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން މިކަން ޙައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމުހޫރިއްޔާ އަންގަވާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.