"ރައީސްގެ ޖަވާބު" ހޯދަން ސުވާލު ފޮނުވުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ހުޅުވާލަނީ
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ ތެރެއިން ސުވާލު ކުރުމުގެ ފުރުސަތު އާއްމުކޮށް ލިބެނީ ރައީސް އޮފީހުގެ މުވައްޒަފުން މަގުމައްޗަށް ނިކުމެ ސުވާލު ކުރާ ފަރާތްތަކަށާއި ރައީސުލްޖުމުހޫރިއްޔާ ވަޑައިގަންނަވާ ރަށްރަށުން ދިމާވާ ފަރާތްތަކަށްކަމަށެވެ. އެހެންކަމުން ރައީސްގެ ޖަވާބު ޕްރޮގްރާމްގެ ތެރެއިން ސުވާލުކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ހީނާ ވިދާޅުވިއެވެ.