ކޮންމެ ކުއްޖަކީވެސް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތުވާ ކުއްޖަކަށް ހަދަންޖެހޭ: ސާޖިދާ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދަރިންނަށް ވަގުތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުދިންނާއެކު ވަގުތު ހޭދަކުރުމަށް ބެލެނިވެރިންނަށް ބާރުއަޅުއްވާފައެވެ. އަދި ދަރިންނަކީ އިސްލާމީ ރިވެތި އުސޫލުތައް އަށަގެންފައިވާ ދަރިންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްތިމާސްކުރެއްވިއެވެ.