ހުކުރުދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލެވޭނެ
އިންޑިއާ ސިފައިން ދިޔައީ ރާއްޖޭގެ 3 ސަރަހައްދެއްގައި ހަރަކާތްތެރިވަމުންނެވެ. އެމީހުން އަނބުރާ ޤައުމަށް ފޮނުވާލުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރުމަހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހުއެވެ.