މުޖްތަމައު ގުޅިގެން ތެލެސީމިއާ ކުދިން އުފަންވާ މިންވަރު މަދުކުރެވިދާނެ
ތެލެސީމިއާ ކުދިންގެ ހާލަތު ރަނގަޅުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގައި ތެލެސީމިއާ ހޮސްޕިޓަލެއް އެޅުމަށް ނިންމައި އެކަމަށް ބޭނުންވާ ބިންވެސް މިހާރު ހުޅުމާލެއިން ހަމަޖެހިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. ތެލެސީމިއާ ކުދިންގެ އާބާދީ ރާއްޖޭގައި މަދުކުރުމަށްޓަކައި ޤައުމީ ކެންޕެއިނެއްވެސް ސަރުކާރުން ވަނީ ފަށާފައެވެ.