ތެލަސީމިއާ ހުރި ކޮންމެ ކުއްޖަކާމެދު ހިތްތަކުގައި ވަނީ ލޯތްބާ އޯގާތެރިކަން: ރައީސް
ތެލަސީމިއާ ހުރި ކޮންމެ ކުއްޖަކާމެދު އަޅުގަނޑުމެންގެ ހިތްތަކުގައި ވަނީ ލޯތްބާ އޯގާތެރިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ސަރުކާރުން އެކުދީންގެ ފުރިހަމަ ދުޅަހެޔޮކަމަށްޓަކާ މަސައްކަތްކުރަމުންދާކަމަށެވެ.